ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަރަށް ގިނަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް ދިވެހިންގެ ބޭންކް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 05:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭއާ މޮބައިލް ޕޭ އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ.

Ad
rt

މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެއިންޓަނަސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ގަޑި ހިޔާރުކޮށްފައިވަނީ އެންމެ މަދުން އެގަޑީގައި ހިދުމަތް ބޭނުން ކުރާނެ ކަސްޓަމަރުން އުޅޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.

ބީއެމްއެލްގެ މި ޕޯސްޓް ހިއްސާކުރަމުން އުރީދޫ އިން ކުރިޓުވިޓެއްގައި ބުނެފައިވަނީ ބީއެމްއެލް ގޭޓުވޭ މެދުވެރިކޮން އުރީދޫ އެމްފައިސާ މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމާއި ރިޗާޖް ކުރުމާއި ފައިސާއެޅުމަށް ބުރޫއަރާނެކަމަށެވެ. ނަމަވެސް އެމްފައިސާ މެދުވެރިކޮން ޑިޖިޓަލް ޕޭމެންޓްތައް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.