މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް 2 މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި އެވެ.
މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ އަކީ ނޭވާލުމަށް އުނދަގޫ ފަރާތްތަކަށް ބޭނުން ކުރާ ތަންތަނަށް އުފުލާހެދޭފަދަ ކުޑަ އޮކްސިޖަން މެޝިނެކެވެ.
ކޭއާރްއެޗް އިން މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވާގޮތުން މިތަކެތި ހަދިޔާކޮށްދެއްވާފައިވަނީ ކޭއާރްއެޗާއި ރެޑްކްރެސެންޓާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ކޭއާރްއެޗްގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާވޫދު ވަނީ ރެޑްކްރެސެންޓްގެ ހދ ބްރާންޗް އިން އަބަދުވެސް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާވޫދު ވަނީ އެ ދެފަރާތް ގުޅުގެން ކުރިއަށްގެންދެވޭނެ ކަންކަމާއި އެކިގޮތްގޮތުން އެހީތެރިވެދެވޭނެ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، އެމްއާރްސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޕްރޮގްރާމް އެންޑް ސާރވިސެސް މެނޭޖަރ، މައީދު ޒާހިރު އެވެ.
އަދި ޒާހިރު ވަނީ އެމްއާރްސީގެ މިހާރަށް ރޭވިފައި ހުރި ޕްލޭންތަކާއި ކޭއާރްއެޗް އާއި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!