ފޯކައިދޫން މީހަކު ޕޮޒިޓިވްވެއްޖެ

Sh. Foakaidhoo

ކޯވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އާންމު ހާލަތަށް ގެނައިތާ 14 ދުވަސް ފަހުން ށ. ފޯކައިދޫން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑްގެ ސަބަބުން ކުރީފަހަރު އެރަށް 30 ދުވަސް ވަންދެން މޮނިޓަރިން ހާލަތުގައި އޮތެވެ.

އިއްޔެ އެރަށުން ކޯވިޑް ކޭހެއް ފެނިފައިވާކަން ހާމަކުރައްވައި ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ކޯވިޑްގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެމީހާއަކީ މިދިޔަ އަންގާރަ ދުވަހު މާލެއިން އެރަށަށް ހޯމް ކަރަންޓީނަށް އައިސްހުރި މީހެއް ކަމަށް ވެސް އެ މަރުކަޒުން ވިދާޅުވެއެވެ.

މި ކޭސްއާއި ގުޅިގެން އެރަށުގެ ދެ ގެއެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ދެއްކި މީހަކު ޕޮޒިޓީވް ވުމާއި ގުޅިގެން 13 ޖުލައިގައި ފޯކައިދޫ މޮނިޓަރިން ހާލަށް ގެނެސް 12 އޯގަސްޓްގެ ނިޔަލަށް އެރަށް އެފަހަރު އެ ހާލަތުގައި އޮތެވެ. އެ ކޭހަށްފަހު ޖުމްލަ 167 މީހެއް އެފަހަރު އެރަށުން ޕޮޒިޓިވްވިއެވެ.

ފޯކައިދޫން މީހަކު ޕޮޒިޓިވްވިއިރު ށ. ފީވަކުން އަދި ވެސް އަދިވެސް ދަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ. އެރަށް އޮތީވެސް މޮނިޓަރިންގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި