ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ

President Solih met Hanimaadhoo Comiunity

  •  
  •  
  •  
  •  
  •  
  •  
  •  

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްފަހު އެތަން ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާގެ ތެރެއިން ރައީސް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުނު ނަމަވެސް އެ އެއާޕޯޓު ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބައިވެރިން ކިޔައިދިން ގޮތުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގާނީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކުން ކަމަށް އެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެ އެއާޕޯޓުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިކަމަށް އެމީހުން ކިޔައިދިނެވެ.

އެ ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ރައީސް ވަނީ ހައްލު ހޯއްދަވައި ދެއްވާފައެވެ.

ރައީސް، ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި

1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް ނިންމާފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އާންމު ކޮށްފައިވާއިރު، އެ ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް 2023 ޖޫންގެ ނިޔަލަށް ނިމޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި