ހދ. ހަނިމާދޫން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 21 ދުވަހު ނެގުނު 70 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެބެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

މީގެއިތުރުން 10 ޖޫން ވަަނަ ދުވަހު ޕޮޒިޓިވްވި 2 މީހަކުވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދަކީ 50 އެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވުމުން އެދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.