ހދ. ހަނިމާދޫން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 48 ކަށް އަރައިފިއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އިއްޔެ އެރަށުން ނެގުނު 59 ސާމްޕަލްގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 9 ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށެވެ.
އެރަށުން އިއްޔެ ވެސް ވަނީ 9 މީހަކު ޕޮޒިޓިވްވެފައެވެ. މި މީހުންނަކީ ޖޫން 19 ވަނަ ދުވަހު ނެގި 59 ސާމްޕަލް ގެ ތެރެއިން ޕޮޒިޓިވްވި 09 މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓްވީ 6 ފަރާތަކާއި ރޯގާގެ އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލަކާއި ރެންޑަމް ސާމްޕަލް އެކެވެ.
ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން އެކަކީ ހަނިމާދޫ ސްކޫލްގެ ދަރިވަރެކެވެ.
އެ ދެ ކޭހަށްފަހު މިހާތަނަށް 48 މީހަކު އެރަށުން ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑަކްޓަރެއް ވެސް ހިމެނެއެވެ.
އެދުވަހުން ފަށައިގެން ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!