ށ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސާއި، މެންބަރުންނަށް “ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ރިޕޯޓް” މި މަހުގެ 10 ވަނަ ދުވަހު އިންތިހާބީ ކައުންސިލަރުންނާއި ހިއްސާކޮށްފިއެވެ.

މިހާރު ށ. އަތޮޅު ކައުންސިލުގައި ހުރި މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ރިޕޯޓް ހިއްސާކުރުމަށް ކުރިޔަށްގެންދިޔަ އޮންލައިން ބައްދަލުވުމުގައި މި ރިޕޯޓް ޙިއްސާކޮށްދެއްވީ އިންތިޤާލީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަމީދާއި، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަންގެ އިތުރުން ޙަމްދޫން ނަސީމެވެ.

Ad
rt

މި ބައްދަލުވުމުގައި ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް މުޙައްމަދު ޢާރިފް އާއި، 3 ވަނަ ދައުރުގެ ނާއިބުރައީސް ޢަބްދުﷲ ނާހިދްގެ އިތުރުން 4 ވަނަ ދައުރުގެ އިންތިޚާބީ ރައީސް މުޙައްމަދު ޝިޔާމާއި ކައުންސިލް މެންބަރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފާއި، މެންބަރުންގެ ވާހަކަފުޅުގައި އަލަށް އިންތިހާބުވި ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމްގެ އިތުރުން މެންބަރުންނަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން އަތޮޅުގެ ހުރިހާ ރަށްތަކަށް ހަމަހަމަވާ ގޮތުގެމަތީން ކަންކަން އިންތިޒާމުކޮށް ކުރިޔަށްގެންދެވިފައިވާ ގޮތާއި، ވޭތުވެދިޔަ ދައުރުތަކުގައި ޚާއްޞަ އިސްކަމެއް ދީގެން ކުރިޔަށްގެންދެވިފައިވާ ދާއިރާތަކާއި، ފަސްމަގުގައި ކައުންސިލްގެ ހިންގުން މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ކައުންސިލް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައިފައި ވެ އެވެ. އަދި ކައުންސިލްގެ ރައީސާއި މެންބަރުން ގުޅިގެން އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމު ފާހަގަ ކުރަށްވާފަ ވެއެވެ.