ރާއްޖެއިން ބޭރުގައި ބާއްވާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ހޯރަފުށީ ރަށްވެހިންނަށް، އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގުރާމަކީ އެރަށު އެއަރޕޯޓު ހުޅުވުމުގެ ކުރިން، އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން ބައެއްކަމުގައެވެ.

Ad
rt

އެކައުންސިލުން ކޮށްފައިވާ އިއުލާނުގައިވަނީ މި ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވެވޭނީ، ސާނަވީ އިމްތިހާނަކުން ތިން މާއްދައިން ފާސްވެފައިވާ ފަރާތްތަކަށާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށް އަދި އެރަށުގެ ރަށްވެހިންނަށްކަމުގައެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 25 ގެ 13:30 ގެ ކުރިން ކައުންސިލުގައި ނަން ނޯޓު ކުރުމަށް ނުވަތަ ސާނަވީ އިމްތިހާނުތަކުގެ ސެޓުފިކެޓުތަކާއި ސީވީ، ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރުމަށް އެކައުންސިލުން އެދެއެވެ.