އަހަރެންގެ ބޭންކް އިން ބޭނުންވަނީ 350 މިލިއަންގެ ފައިދާއެއް ނޫން ކަމަށްވިދާޅުވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ "މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ފައިދާ" މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާކުރެއްވި ޓުވިޓެއްގަ އެވެ.
"އަހަރެންގެ ބޭންކް" އިން އަހަރެން ބޭނުންވަނީ 350 މިލިއަން ގެ ފައިދާއެއް ނޫނެވެ. ގޮތެއް ނެތިފައިތިބި ރައްޔިތުން އަތުން ލުއި ނަމުގަ 18%، ކިޔަވަން11%، ދިރިއުޅެން ގެ ހަދަން10% ބަދަލުގައި އެންމެ ދިވެހިންނަށް ފަސޭހައިން މިއަށްވުރެ ކުޑަ% އެއްގައި ލޯނު ހަމަޖެހިގެން ދިއުމެވެ. % ދަށްކޮށްދެއްވުމެވެ."
ޔާސިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ބީއެމްއެލްއިން މިމަހުގެ 1 ވަނަ ދުވަހު ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށް ފައިދާގެ ގޮތުގައި އެބޭންކަށް 357 މިލިއަން ރުފިޔާ ލިބިފައިވާ ކަމެކެވެ. އެއީ2020 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
އަދި އެ ނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށެވެ.
އެ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވެ އެވެ. އެ ނަތީޖާ ހާސިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!