ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅު ބުރުގައި މަކުނުދޫ އާއި ނެއްލައިދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ.

ގްރޫޕް ދޭއްގައި ރޭ މި ދެ ޓީމުން ބައްދަލުކުރި މެޗު އެއްވަރުވީ3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަކުނުދޫގެ ލަނޑުތައް ޖަހައިދިނީ ނުހާދު ފައުޒީ އާއި މުހައްމަދު އަޝްފާގް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑަކީ ނެއްލައިދޫގެ އަލީ ހަސަން އަތުން ބައިކޮޅަށް ވަތް ލަނޑެވެ. ނެއްލަދޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު ވިސާމް އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަހުމަދު ނާފިޒް އެވެ.

Ad
rt

ހދ. އަތޮޅުން މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ މަކުނުދޫ ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

ހދ އަތޮޅު ބުރުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނޮޅިވަރަންފަރާއި ކުމުންދޫއެވެ. ދެވަނަ މެޗުގައި ނައިވާދޫ ނިކުންނާއީ ނޭކުރެންދޫއާ ދެކޮޅަށެވެ.

މި މުބާރާތުގެ މަކުނޫދޫ ދާއިރާގެ ޓީމްތަކުގެ މެއިން ސްޕޮންސަރަކީ ޑައިރެކްޓް ލޮޖިސްޓިކްސް އެވެ.