ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

މެންބަރު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
mooomoo 1

ޢަލީ ވިދާޅުވީ، ވަށަފަރެއް ހިންނަވަރެއް ކިޔާނެ ކަމެއްނެތް ކަމަށެވެ. އަދި މާލެ މީހަކަށް ވީމާ ކުޅަނދު ހަމަވެފައި ރަށްރަށުގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަދިވެހިން ގަބޫލެއް ނުކުރާކަމަށް ޢަލީ ވިދާޅުވިއެވެ.

ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ ކަމަށް ވެސް ޢަލީ ވަނީ އެ ޓްވީޓްގައި ވިދާޅުވެފަ އެވެ.

"‏ވަށަފަރެއް ހިންނަވަރެއް ކިޔާނެ ކަމެއްނެތް. މާލެ މީހަކަށް ވީމާ ކުޅަނދު ހަމަވެފައި ރަށްރަށުގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަދިވެހިން ގަބޫލެއް ނުކުރޭ. ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ." -ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން-

މެންބަރު ޢަލީ މިހެން ވިދާޅުވެފައިވާއިރު، އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންލީ ވޯޓުން ދެތިން ކަމެއް ބުނެދީފިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

"ފުރަތަމަ ކަމަކީ، ދިވެހިން ވޯޓުލާން ބޭނުންވަނީ، ދިރިހުރި ފުރާނަ ހުރި އިންސާނުންނަށް ކަމަށް. ދިވެހިންނެއް ބޭނުމެއް ނުވޭ ކޮންމެހެން ދިރުމެއް ނެތް، ތިލަފަތަކަށް ނޫނިއްޔާ ދިރުން ހުއްޓަސް، ރުކަކަށް ކޮންމެހެން ވޯޓުލާކަށް ބޭނުން ނޫންކަން، ރަނގަޅު މީހަކު ކުރިމަތިލީމާ އެ މީހާ ކުރިމަތިލާ ޕާޓީ ވެސް ދިވެހިން އިތުރަށް ބަލަން ބޭނުން ނޫންކަން މި ވޯޓުން ސާބިތުކޮށްދީފި. ހަމަ އެއާއެކީގައި ތިމާ ނިސްބަތްވާ ޕާޓީގެ ބަޔަކު ކައުންސިލުގައި ތިބެގެން ނުވަތަ ކުރިމަތިލިޔަސް، އެ މީހުންނަކީ އެ ކައުންސިލުގައި އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވޭނެ ބައެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވާނަމަ، އެ ޕާޓީ، ތިމާގެ ޕާޓީގެ މީހާއަށް ވެސް ވޯޓުނުލާނޭކަން ރައްޔިތުން މިއަދު ބުނެދީފި.'' ޢަލީ އިއްޔެ ވިދާޅުވިއެވެ.

Ad
df

އަދި ހަމަ އެއާއެކީގައި އެކަމުގެ ސީރިއަސްކަން ނެތް ނުވަތަ އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތްކުރަން ބޭނުންނުވާ ބަޔަކު ކުރިމަތިލައިގެން އުޅޭ ކަމަށް ވާނަމަ، އެ މީހުންނަށް ވެސް ދެން ރައްޔިތުން ވޯޓުލާން ބޭނުންނުވާ ކަމަށް ރައްޔިތުން ބުނެދީފި ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.