ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރުވެސް ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކުރާ މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 2 އަކަށް ޖަލާލުއްދީން ސްކޫލުގަ އެވެ.

Ad
rt

މި ފެއަރގައި ބައިވެރިވުމުގެ އެންމެ ފަހު ތަރީހަކީ އަންނަ މަހުގެ 18 ގެ ނިލަޔަށެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްކޫލުގެ ނަމްބަރު 6528869 ގުޅުއްވާ ނަންނޯޓްކުރުމަށް އެ ސްކޫލުން އެދެއެވެ.

ޖަލާލުއްދީން ސްކޫލުން ބުނީ އެ ސްކޫލު ހޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަމަށާއި ކުލާސް ރޫމްތަކުގެ ތެރެއިން ތިރީ ބައިން ރޫމެއް ދިނުމަށް ހަމަޖެހިފައިވަނީ 3000 ރުފިޔާއަށް ކަމަށެވެ. އަދި މަތިން ރޫމެއް ދިނުމަށް ހަމަޖެހިފައިވަނީ 2500 ރުފިޔާ އަށެވެ. މީގެ އިތުރުން ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 ރުފިޔާ އަށްވުރެ މަތިން އެންމެ ބޮޑުއަގު ހުށަހަޅާ ފަރާތްތަކަމަށް އެ ސްކޫލުން ބުނެ އެވެ.