ހއ. ތުރާކުނުގެ ހުޅަނގު އުތުރުން، 63 ނޯޓިކަލް މޭލު ބޭރުގައި އޮތް ދޯންޏެއްގައި ހުރި މަސްވެރިޔެއްގެ ހާލު ގޯސްވެ، އެމްއެންޑީއެފް ނޯދާން އޭރިޔާގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިިއެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން،63 ނޯޓިކަލް މޭލު ބޭރުގައި އޮތް "އަރާތަރީ" ދޯނިން، ހާލު ސީރިޔަސް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

Ad
rt

އެމްްއެންޑީއެފް އިން ވިދާޅުވީ، އެކަމުގެ ރިޕޯޓް މިއަދު 14:44 ހާއިރު ލިބުމާއި ގުޅިގެން ކޯސްޓް ގާޑުން އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ، ކުއްލިއަކަށް އެ މީހާގެ ގައިން ވައިގި ނެތުމާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.