ދިރާގުގެ ޕްރޮންޓްލައިންގައި މަސައްކަތް ކުރާ ސްޓާފުންނަށް ކޯވިޑް-19ގެ ވެކްސިން ދީފިއެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ވެކްސިން ދީފައިވަނީ މިއަދު ސޯޝަލް ސެންޓަރުގައެވެ. މިއީ ސަރުކާރުން ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ވެކްސިނުން ދިރާގަށް ހާއްސަކޮށްފައިވާ ބައެވެ.
ދިރާގުން ބުނީ ކޯވިޑްގެ ތިންވަނަ ރާޅާއެކުވެސް އެ ކުންފުނިން މަސައްކަތް ކުރަނީ މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށްވެސް ބުންޏެވެ.
އެ ކުންފުނިން މިހާރުވެސް ހިދުމަތް ދެމުން އަންނަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން، ކަސްޓަމާ ސާވިސް ސެންޓަރުތައް ހުޅުވިފައި ހުއްޓަސް އެ ތަންތަނުން ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހައްދަން ޖެހެއެވެ. އަދި އެޗްޕީއޭއިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ހިދުމަތްދޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ.
To ensure the safety of our staff and our customers, our frontline staff are getting vaccinated.#Covid19Dhifaau#StaySafe#COVID19Vaccination pic.twitter.com/4Uof1RVGHE
— Dhiraagu (@Dhiraagu) February 6, 2021
ކޮވިޑްގެ ތިން ވަނަ ރާޅުގެ މި ހާލަތުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުން ވަނީ ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!