މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ކުރި ޓްވީޓެއްގައި މިހެން ބުނީ ކުރީ ސަރުކާރުތަކުގައި މާލޭގެ މަގުތައް ހަދައި ނިމޭއިރު އަލުން އެ މަގުތައް މަރާމާތު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއެވެ.

މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް، މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެ

Ad
rt

އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އާރުޑީސީން މަގުތައް ހަދާ ނިމޭއިރު ހިނގަން އޮންނަ ޕޭވްމަންޓު ވެސް ކުރިއަށްވުރެ ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ހަދަމުންނެވެ. މީގެ ތެރޭގައި ތިލަދުންމަތީގެ ބައެއް ރަށްތައްވެސް ހިމެނެއެވެ.

އާރުޑިސީން މާލޭގައި އެންމެފަހުން ހެދި ކަނބާއައިސާރަނި ހިނގުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އެގޮތުން، ކުރިން ދުއްވަން އުނދަގޫ އެ މަގުގައި މިހާރު ފަސޭހަ ކަމާައެކު ދުއްވޭއިރު ވާރޭ ވެހޭ ދުވަސްތަކުގައި އަވަހަށް ފެންހިއްކާލަދެއެވެ. މިއީ އެ ކުންފުނިން މަގު ހެދުމުގަިއ ބޭނުން ކުރި އާ ޑިޒައިންގެ ސަބަބުން އައި ބަދަލެއް ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.