2020 ވަނަ އަހަރު ނިމުން އިރު ހދ. އަތޮޅުގެ އާބާދީގެ ގޮތުގައި 28،094 (އަށާވީސް ހާސް ނުވަދިހަ ހަތަރެއް) މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން އެންމެ ފަހުން ނެރެފައިވާ ހިސާބުތަކުން ދައްކައިފި އެވެ.
އެކައުންސިލުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު ހދ. އަތޮޅުގައި އެންމެ އާބާދީ ބޮޑީ ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެސިޓީގައި 1475 ގޭބީސީއެއް ހުންނައިރު، އެރަށުގައި 10،399 މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އެއީ ހދ. އަތޮޅުގެ އާބާދީގެ 37% އެވެ.
ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ރަޖިސްޓްރީ ކުރެވިފައިވަނީ ހދ. ނޮޅިވަރަމުގައެވެ. އެރަށުގައި 500 ގޭބީސީ ހުންނައިރު އާބާދީއަކީ 2747 އެވެ. ތިންވަނައަށް އެންމެ ބޮޑު އާބާދީ އެއް އޮތީ ހަނިމާދޫގައެވެ. އެއީ 2285 މީހުންނެވެ. 448 ގޭބީސީ އެވެ. ދެހާހުން މަތީގެ އާބާދީއެއް އޮތީ މިތިން ރަށުގައެވެ.
ނޮޅިވަރަންފަރު: އާބާދީ- 1936 ގޭބީސީ- 275
މަކުނުދޫ: އާބާދީ- 1840 ގޭބީސީ- 350
ވައިކަރަދޫ: އާބާދީ- 1818 ގޭބީސީ- 197
ކުމުންދޫ: އާބާދީ- 1476 ގޭބީސީ- 299
ނޭކުރެންދޫ: އާބާދީ- 1427 ގޭބީސީ- 168
ނެއްލައިދޫ: އާބާދީ- 1370 ގޭބީސީ- 225
ނައިވާދޫ: އާބާދީ- 877 ގޭބީސީ- 110
ކުރިނބީ: އާބާދީ- 753 ގޭބީސީ- 97
ފިނޭ: އާބާދީ- 595 ގޭބީސީ- 110
ހިރިމަރަދޫ: އާބާދީ- 571 ގޭބީސީ- 571
ހދ. އަތޮޅުގައި ގިނައީ ފިރިހެނުން ނެވެ. އެއީ 14340 އެވެ. އަންހެނުންގެ އަދަދަކީ 13754 އެވެ.
STATS: Population & Households - Dec 2020
Hdh. Atholhuge Aabaadhee Aa Meehun Dhiri Ulhey Geybisee Thakuge Adhadhu
Source: Island CouncilsPosted by Hdh. Atoll Council on Thursday, January 28, 2021
2014 ވަނަ ރާއްޖޭގައި ބޭއްވުނު ބޯހިމެނުމުގައި ހދ. އަތޮޅުގެ އާބާދީގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 19،648 މީހުންނެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 6 އަހަރު ތެރޭގައި އާބާދީއަށް 8446 މީހުންގެ އިތުރުވުމެކެވެ. މިއީ ހދ. އަތޮޅުގެ އާބާދީ ބޮޑުތަނުން އިތުރުވި އިތުރުވުމެކެވެ. 2000 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު 2006 ވަނަ އަހަރު އާބާދީ ވަނީ 2000 ވަނަ އަހަރަށްވުރެއް ދައްވެފައެވެ. 2000 ވަނަ އަހަރުގެ އާބާދީ އަކީ 16956 އެވެ. 2006 ވަނަ އަހަރު 16237 އެވެ. މީގެ އިތުރުން 1995 ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ދިޔަ ބޯހިމެނުމުގެ ނަތީޖާ އިން ދައްކާގޮތުގައި މިއަތޮޅުގެ އާބާދީ އަކީ 15365 އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް އިން ލިބެން ހުރި މަޢުލޫމާތައް ބަލާއިރު ހދ. އަތޮޅުގައި 2020 ވަނަ އަހަރު ވަޒަންވެރިވެގެން އުޅެމުން ދަނީ 23،157 މީހުންނެވެ. މިއީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު އާބާދީ އެވެ. މާލެ ސަރަހައްދު ފިޔަވާ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދަނީ އައްޑޫ ސިޓީގައެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް އިން އާންމުކޮށްފައިވާ "ރާއްޖޭގައި ދިރިއުލޭ އާބާދީގެ އަންދާޒާ 2014-2054" މިރިޕޯޓުގައި ބުނެފައިވާގޮތުން 2054 ވަނަ އަހަރު ހދ. އަތޮޅުގައި ދިރިއުޅޭނީ 21،451 މީހުންނެވެ. އެކި އެކި ސަބަބުތަކާއި ހެދި ގުރޭޓަރ މާލެ ސަރަހައްދަށް ގިނަބަޔަކު ހިޖުރަކުރާނެކަމަށް އެރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!