ކުރީގެ ރައީސް، ޢަބުދުﷲ ޔާމީން ޢަބުދުއްޤައްޔޫމަށް ''ކުރާ އަނިޔާއާއި ދެކޮޅަށް'' އިދިކޮޅު "ޕްރޮގްރެސިވް ކޯލިޝަން" އިން ކަނޑުމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އެ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ހިމެނޭހެން އެ ކޯލިޝަންގެ ގިނަ ސަޕޯޓަރުންތަކެއް މި އިހުތިޖާޖުގައި ބައިވެރިވާކަމަށް އެ ކޯލިޝަނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އެ އިހުތިޖާޖުގެ ބައިވެރިން ތިބި 3 ދޯނި ދަތުރު ކުރަމުން ދަނީ ހުޅުމާލޭ ފެރީ ޓާމިނަލްގެ ދެކުނު ފަރާތުން، ކ. މާފުށްޓާއި ދިމާއަށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
Raees Yameen minivan kurumah govaalaa kandumatheega ihuthijaj kuriyah dhanee. #FreePresidentYameenNow pic.twitter.com/4tdcXCKE2a
— Ahmed Shiyam (@Shiyamaldives) November 28, 2020
މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުން، ރައީސް ޔާމިނަށް ކްރިމިނަކްކޯޓުން ހުކުމް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.
ކުރީގެ ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑްރީގެ ކުށް ސާބިތުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ. އެ ފައިސާގެ އަސްލު އޮޅުވާލެއްވުމަށް ޔާމީން މަސައްކަތްކުރެއްވިކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެއްވިއެވެ.
ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ރައީސް ޔާމީނުގެ މައްޗަށް ކުރީ ސިޔާސީ ދަޢުވާއެއް ކަމަށާއި، ޖަލުގައި ބަހައްޓާފައި ހުރީ ނުހައްޤުން އަނިޔާ ދިނުމަށް ކަމަށެވެ.
މީގެ ކުރީންވެސް އިދިކޮޅު ފަރާތްރަކުން ވަނީ ކަނޑުމަތީގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!