މޯލްޑިވެސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މޯލްޑިވިއަން ރެޑް ކްރެސެންޓްއަށް 50،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޯލްޑިވްސް ގޭސް އިން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށާއި، އަދި މި އެހީތެރިކަން ބަލައިގަންނަކަމަށެވެ. އަދި އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭތީ ޝުކުރުވެރިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Ad
rt

ރެޑް ކްރެސެންޓްގެ ފަރާތުން ވަނީ އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ކުންފުންޏަށް އަރިސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް އިން މި ކަމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ، އެ ކުންފުނިން ރެޑް ކްރެސެންޓްއިން ކުރައްވަމުން ގެންދަވާ މަސައްކަތާއި ދޭތެރޭ ވަރަށް އުފާކުރާ ކަމަށެވެ. އަދި ޚާއްސަކޮށް، ކޯވިޑް-19 ގެ ސަބަބުން ރެޑް ކްރެސެންޓްއިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް ގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 3 އޮކްޓޯބަރ 1999 ގައި ވުޖޫދަށް އައި ސްޓޭޓް ޓްރޭޑިން އޯރަގަނައިޒޭޝަން (އެސްޓީއޯ) ހިއްސާވާ ކުންފުންޏެކެވެ.