ހއ.ތުރާކުނުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އެރަށު ފުޓުބޯޅަދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވާރކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްއިން އިޢުލާން ކޮށްފި އެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މާފަންނު އިޖްތިމާޢީ މަރުކަޒުގައި ބޭއްވުށް ވަނީ ތާވަލް ކޮށްފައެވެ. އަދި މި ބިޑަށް އަންދާސީ ހިސާާބު ހުށައެޅުމުގެ ކަންކަން ތާވަލް ކޮށްފައިވަނީ 22 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕްވަރމެންޓްގެ (ވެލާނާ 3 ވަނަ ފަންގި ފިލާ) ގައެވެ.

Ad
d

Futsal dhanduge masahkaiy ninmun...
Ministry of Youth, Sports and Community Empowerment
Shukuriyya RJIMS
Shukuriyya minister Ahmed Mahloof
Shukuriyaa MP Ahmed Saleem

Posted by Secretariate of the Thuraakunu Council, North Thiladhunmathi on Tuesday, September 15, 2020

ތުރާކުނުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޓާރފް ދަނޑުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްޕޯރޓް މިނިސްޓަރ އަހުމަދު މަހުލޫފް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި އެކު މި ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަދުވަހު ވަނީ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. ތުރާކުނު ފުޓްސަލް ދަނޑުގައި ޓާރފް އަޅާ ނިމިފައިވަނީ މިދިޔަ މުގެ ތެރޭގަ އެވެ.

Minister Ahmed Mahloof met with MP for Hoarafushi constituency, Ahmed Saleem and discussed on the way forward for the development of HA. Thuraakunu turf ground.

Posted by Ministry of Youth, Sports and Community Empowerment on Sunday, September 20, 2020

Ad
df

މި ފަަހަކަށް އައިސް ސަރުކާރުން އަންނަނީ ގިނަ ރަށްތަކެެއްގެ ފުޓުބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެވެމުންނެވެ. އެގޮތުން 22 ފެބްރުއަރީ 2020 ގައި ތުރާކުނުގައި ޤާއިމްކުރަމުން އަންނަ މި ފުޓުބޯޅަ ދަނޑުގެ މަސައްކަތްތައް އަމަލީގޮތުން ފެށުނު އިރު، މިހާރު ވަނީ މި ފުޓުބޯޅަދަނޑުގެ މަސައްކަތްވެސް ނިމުމަކާއި ހަމައަށްވަނީ އައިސްފަ އެވެ.