މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ށ. ބިލެއްފަހީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ހާއްސަ ހަރަކާތެއް ފުލުހުން ހިންގައިފި އެވެ.

ފުލުހުން ބުނެފައިވަނީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. ބިލެއްފަހީގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

Ad
rt

މި ހިނގާ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު ކަނޑިތީމު ޕޮލިސް ސްޓޭޝަނުން ބިލެއްފަހީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރުބަލައި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ބުނެދީފައިވެއެވެ. އަދި ވައްކަންކުރާ ފަރާތްތަަކަށް ފުރުސަތު ނުދިނުމަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި

މީގެ އިތުރުން، އެ ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލާފައިވެއެވެ. އެގޮތުން އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅަނދު ދުއްވި ފަރާތްތަކަށް އެކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.