ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން "މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020" ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

26 ސެޕްޓެމްބަރ 2020 ވީ ހޮނިހިރު ދުވަހު ހަވީރު މުރައިދޫ ފުޓްސަލް ދަނޑުގައި ފަށައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ޝާހީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކް، ވައި ކާންޓް ވީ، ލާސްޓް މިނެޓްގެ އިތުރުން ޓީމް ފޯމަލީ އިން ޝޭޕްއެވެ.

Ad
rt

ކުލަގަދަ ރަސްމިއްޔާތަކާއި އެކު ފެށިގެންދިޔަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ މޫނިމާ ކަންމައްޗާއި، ޓީމް ފޯމަލީ އިން ޝޭޕްއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ މޫނިމާ ކަންމައްޗެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވިފައިވަނީ މޫނިމާ ކަންމަތީގެ ޖޯޒީ ނަމްބަރު 12 އައިޝަތު ޔުމްނާއެވެ.

މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެޓީމެއް ކޮންމެޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކޮށްގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 03 އޮކްޓޯބަރ 2020 ވާ ހޮނިހިރު ދުވަހުއެވެ.

Match 5
Moonimaa Kanmathi VS Pretty Packs
Queen of the Match:
Moonimaa Kanmathi Jersey No.12
Aishath Yumna

📸MunniGraphy

Posted by Muraidhoo TV on Sunday, September 27, 2020

މުބާރާތުގެ އިންތިޒާމް ކޮމެޓީން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ އެ ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުން ކަމަށެވެ.

މިމުބާރާތުގެ މެޗްތައް މުރައިދޫ ލައިވް އެފްބީ ޕޭޖްއިން އަންނަނީ ވަގުތުން ދައްކަމުންނެވެ.

Match 4
Team Shaahee 1 VS Formerly in Shape 8
Queen of the Match:
Formerly in Shape Jersey No.17
Fathimath Samah

📸MunniGraphy

Posted by Muraidhoo TV on Sunday, September 27, 2020

މުރައިދޫއަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހއ.އަތޮޅަށް ނިސްބަތްވާ ގާމަތީ ރަށެކެވެ. ޖުމްލަ 45 ހެކްޓަރު ހުންނަ މި ރަށުގައި މީހުން ދިރިއުޅެނީ 11 ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށްވާތީ ހުސްބިމުގެ ގޮތުގައި 34 ހެކްޓަރުގެ ބިން އޮވެއެވެ. މި ރަށުގެ އާބާދީއަކީ 452 އަންހެނުންނާއި 452 ފިރިހެނުންނެވެ. ޖުމްލަ 904 މީހުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ އެއްބަޔަކު މާލޭގައި ދިރިއުލެމުންދާއިރު އަނެއްބަޔަކު ވަސީލަތްތައް ގިނަ ރަށްރަށަށް ހިޖުރަކޮށްފައިވުމާއި ގުޅިގެން ރަށުގައި ދިރިއުޅެމުން ދަނީ 600 ވަރަކަށް މީހުންނެވެ.