މިލަންދޫ ސްކޫލަށް 73 އަހަރު ފުރުން ފާހަގަކޮށްފި

9D64B8A5-1B41-4F7F-87AE-473CF126F6F0

ށ.މިލަންދޫ ސްކޫލަށް 73 އަހަރުފުރުމުގެ މުނާސަބާތު ކުލަގަދަ ގޮތެއްގައި މިއަދު ފާހަގަކޮށްފިއެވެ.

މިލަންދޫ ސްކޫލް ދަރިވަރުންނަށް އުނގަންނައި ދިނުމަށް ފަށްޓަވާފައިވަނީ 1947 ވަނަ އަހަރުއެވެ. މިލަންދޫ ސްކޫލަށް 73 އަހަރު މިއަދު ފުރުމާއި ގުޅިގެން މިލަންދޫ ސްކޫލުގެ ފަރާތުން ވަނީ ވަރަށް ހާއްސަ އެސެމްބްލީއެއް ވަރޗުއަލްކޮށް ބާއްވާފައެވެ. މި އެސަމްބްލީވަނީ އެސުކޫލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކޮށްފައެވެ.

މި އެސެންބްލީގައި އެރަށުގެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އަދި ރަށުގެ އެންމެހާ ރައްޔިތުންނަށް ވަރަށް އަގުހުރި މަޢުލޫމާތުން ފުރިގެންވާ ޚިތާބެއްވެސް ދެއްވަވާފައެވެ.

އެގޮތުން އެރަށު ސްކޫލް މިހާ ދިގުމުއްދަތަކާ ހަމައަށް، އަދި ރަށުގެ ތައުލީމު މިހާ ފުރިހަމަގޮތެއްގައި އަދުގެ ޖީލަށް ފޯރުކޮށްދެއްވުމަށް ރަށުގެ ކާބަފައިން ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކުރަށްވާ މި ފަރާތްތަކަށް ހިތުގެ ފުންމިނުން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އަދުގެ ޒުވާނުންވެސް ، ކުރީގެ ކާބަފައިން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ ކަންކަން ނަމޫނާއަކަށް ބަލާ މިކަން ކުރިއަށް އޮތް ޖީލުތަކަށްވެސް އެންމެ އެދެވޭ ގޮތުގައި ވާސިލްވާނޭހެން ޢަމަލުތައް ބެހެއްޓެވުމަށް ޕްރިންސިޕަލް އިބްރާހިމް އާދިލް އިލްތިމާސް ކުރެއްވިއެވެ.

މި ހަފްލާގައި އެ ސްކޫލްގެ ލޯވަރަ ސެކަންޑްރީ އަދި ހަޔަރް ސެކަންޑްރީގެ 2 ކެޕްޓަނުން (މުޙައްދު ޔައިޝް އަދި އައިމިނަތް ސަމްހާ އާތިފް) ވެސް ވަނީ މި އުފާވެރި މުނާސަބާތާ ގުޅިގެން ވަރަށް އަގުހުރި ވާހަކަ ކޮޅެއް ދައްކަވާފައެވެ.

ށ.އަތޮޅު މިލަންދޫ ސްކޫލަކީ އެ އަތޮޅުގައިވެސް ފާހަގަކޮށްލެވޭފަދަ ރަނގަޅު ނަތީޖާއެއް އަތޮޅު ފެންވަރުގައްޔާއި ރާއްޖޭގެ ފެންވަރުގައިވެސް ހޯދަމުން އަންނަ ސްކޫލެކެވެ. ތައުލީމު ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މޮޅެތި ޓީޗަރުން މި ސްކޫލުގައި މަސައްކަތް ކުރައްވަމުންދާއިރު މި ސްކޫލްގެ ދަރިވަރުން އަންނަނީ ފާހަގަކޮށްލެވޭފަދަ ޝަރަފްވެރިވަނަތަކެއް ތައުލީމަށް ހާއްސަ އެވާރޑް ހަފްލާތަކުގައި ހޯއްދަމުންނެވެ.

https://www.facebook.com/milandhooschool/videos/647440196166049/

މިލަންދޫ ސްކޫލަކީ ރާއްޖޭގެ އަތޮޅުތެރޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ރީތި ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލެވެ. މިރަށުގައި ބިނާކުރެއްވި މި ސްކޫލުގައި މިހާރު ބޭނުންކުރެވެމުންދާ އައު އިމާރާތަކީ މިދިޔަ ސަރުކާރުން ތަރައްޤީ ކުރެވުނު ސްކޫލް އިމާރާތެކެވެ. މި އައު އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2018 ވަނަ އަހަރު ނޮވެމްވަރ މަހުއެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 57 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި