ދިއްދޫ ބަކުރުބެ ނިޔާވެއްޖެ

E3D0CD5E-D77A-45AB-915A-FE13B93CABB0

ހއ. ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހއ ދިއްދޫ، ހެޕީ ފިއުޗަރ، ޢަބޫބަކުރު ޢަބްދުﷲ (ބަކުރުބެ) އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަކުރުބެ ނިޔާވެފައިއޮއްވާ ފެނުނީ ދިއްދޫ ދެކުނު ފަރާތު މޫދުން ކުޑަކުދިން ތަކަކަށެވެ. އެކުދިން ގޮސް ޒުވާނުންގެ މަރުކަޒުގައި ކުޅެންތިބި ބަޔެއްކައިރީ ބުނުމުން ބަކުރުބެ މޫދުން ނަގާފައިވަނީ އެމީހުން ނެވެ. ބަކުރުބެ މޫދަށް ދިޔައީ ހަވީރު ކަސްރަތަށް ފަހުކަމަށް ވެއެވެ.

ދިއްދޫ ކައުންސިލުން ބުނެފައިވަނީ އަބޫބަކުރު އަބްދުﷲ ގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

https://www.facebook.com/588939614540621/posts/2837883469646213/?extid=LfoHcyjNeS5azJZR&d=n

ފުލުހުން ބުނީ އެރަށު ދެކުނު ފަރާތު އަތިރިމަތީ ރާޅު ޖަހާ ހިސާބުގައި ހަރަކާތެއް ނެތި ހަބަރުހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:56 އެހައިކަންހާއިރު ފުލުހުއްނަށް ލިބިފައިވާކަމަށެވެ. އެމީހާ ފުލުހުންގެ އެހީތެރި ކަމާއެކު އެމްބިއުލާންސްގައި ހޮސްޕިޓަލް އަށް ގެންގޮސްފައިވާކަމަށެވެ. ހޮސްޕިޓަލް އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ބެއްލެވި ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ. ނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންކަމުގަ އެވެ.

އަބޫބަކުރު އަބްދުﷲ އަކީ އެރަށުގައި ހޮޓާ ހިންގުމުގެ ވިޔަފާރިކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ފަރާތެކެވެ. އަދި ސިޔާސީ ކަންކަމުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް ދިއްދޫގައި ހަރަކާތްތެރިވަމުންއައި ފަރާތެކެވެ.

މިއީ ފާއިތުވި 4 ވަރަކަށް ދުވަސްތެރޭގައި ދިއްދޫއިން ނިޔާވި 3 ވަނަ މީހާ އެވެ. މީގެ ދެދުވަސް ކުރިންވެސް ދިއްދޫއިން ވަނީ ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި