ފޯކައިދޫ ބަނދަރުގެ މަސައްކަތް ފެށުން: އެމްޓީސީސީގެ ޓީމަށް ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް

084A6F11-E039-44FD-89CE-DB8A6FD2718D

ށ. ފޯކައިދޫ ބަނދަރުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އެރަށަށްދިޔަ ޓީމަށް ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ މިއަދު އެވެ. އެރަށުގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުމެ އެޓީމްއަށް ވަނީ ހޫނު މަރިހަބާއެއް ދަންނަވާފަ އެވެ. އެގޮތުން ރަށުގެ އަންހެންވެރިން ނިކުމެ ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފޯކައިދޫއަކީ ފުރާދުއްވާ އުޅަނދުފަހަރު ގިނައަދަދަކަށް ގެންގުޅޭ ރަށަކަށް ވުމާއިއެކު ފަޅު ގަދަވެ ބޭނުން ނުކުރެވޭ ހާލަތްތަކުގައި އަންނަނީ އެރަށުގެ ގިނަ އުޅަނދުތަކެއް ރަށުގެ އަނެއްފަޅިއަށް ގެންދަމުންނެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީކުރަނީ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. އެގޮތުން ބަނދަރުގެ 2320 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތިއާއި މަގުބައްތިޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.

https://thiladhun.wonstasite.com/37357

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 29 ޑިސެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 55.97 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

https://www.facebook.com/FoakaidhooLiveSports/videos/598033110875609/

މި މަޝްރޫޢުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި