ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް 19:30 އިން ފެށިގެން ބަންދުވާނެ: ވެމްކޯ

photo_2020-08-23_20-48-41

‏މާލެ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން އެޗްޕީއޭއިން މަނާކޮށްފައި ވާތީ އެ ސަރަހައްދުގައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ރޭގަނޑު 19:30 އިން ފެށިގެން ބަންދުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރެވިފައިވުމުން، މި ސަރަހައްދުގައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް 19:30 އިން ފެށިގެން ބަންދުވާނެ ކަމަށެވެ.

ވިޔަފާރި ކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތު އަވަސް ކުރަން ވެމްކޯއިން ވަނީ ނިންމައި މިމަހުގެ18 ވަނަ ދުވަހު އެކަން ވަނީ ހާމަ ކޮށްފައެވެ. އެކަން ބަޔާންކޮށް ކުންފުނިން ނެރެނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކަށް ބެލުމަށް ފަހު އެ ގަޑިތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޯގަސްޓް 21 ވަނަ ދުވަހުން ފެށިގެން އެ ޚިދުމަތް ދޭނީ ރޭގަނޑު 7:00 އާއި 9:30 އާ ދެމެދުގެ ވަގުތުގައި ކަމަށް ވެމްކޯ އިން ބުންޏެވެ.

އެ ވަގުތު ފަސޭހައިން ކުނި ނެގޭނެ ގޮތް ހަމަޖައްސައި ރައްކާތެރިކަމާ އެކު ކުނި ބަންދުކޮށްފައި ބަހައްޓަން ވެމްކޯ އިން ވަނީ އެދިފަ އެވެ.

މިރޭން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން މަނާކޮށްފިއެވެ.

އެ ސެންޓަރުން ރޭ ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާދަމާރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 20:00 ން ފެށިގެން ފަތިހު 05:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރެވިފައިވާކަމަށެވެ.

މިއާއިއެކު މި އޯގަސްޓްމަހުގެ 4 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި