ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

MP Shifau

ހއ. އިހަވަންދޫގައި ކަރަންޓީންގައި ހުއްޓާ މިރޭގެވަގުތެއްގައި ފިލައިގެން ގޮސްފައިވަނީ ނަފުސާނިބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައިވާ ކޮއްކޮއެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

"ފިލައިގެން އުޅެނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކޮއްކޮ" ކަަމަށް ބަޔެއް ނޫސްތަކުން މިރޭ ރިޕޯޓްކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން މިރޭ ޝިފާޢު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިރޭގެ ވަގުތެއްގައި އޭނާގެ ކޮއްކޮ ސިއްހީ މަރުކަޒުން ނިކުތުމުން ނޫސްތަކުން ޚަބަރުފަތުރަމުންދަނީ އެފަދަބަލިމީހުންގެ ޚަބަރުތަށް ގެނެސްދޭންވާ ލެވެލްއަށްވުރެ ދައްކޮށް ސިޔާސީ ކުރެވިގެންކަމަށް ޝިފާއު ބުނެފައިވެއެވެ.

އަޅުގަނޑުގެ ކޮއްކޮ މިވަގުތުވެސް އޮތީ އިހަވަންދޫ ސިއްހީމަރުކަޒުގައި ނަފުސާނިބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި.

ޝިފާޢުގެ ޓުވީޓުގައި ބުނެފައިވެއެވެ.

އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލާފައިވުމުން އެރަށުގެ އާންމުންނާއި ފުލުހުންވަނީ އުމުރުން 32 އަހަރުގެ އެމީހާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ޑޮކްޓަރަށް ގެންދިޔަ އެމީހާ ފިލާފައިވަނީ ޞިއްޙީ މަރުކަޒުގެ ވާޑުގެ ކުޑަދޮރަކުން ފުންމާލައިގެން ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. އެމީހާ އަމިއްލައަށްއައިސް މަރުކަޒަށް ވަދެފައިވަނީ އޭނާ ހޯދުމަށް އިހަވަންދޫ ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޯޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ.

އިހަވަންދޫއިން 3 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި