މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ. މި ވީޑިއޯ މެސެޖްގައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ދިވެހިން ހޭދަ ކޮށްފައި ވަނީ މިނިވަންކަން މަތީގައިކަމަށެވެ.

Ad
rt

އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށް ފާހަގަ ކުރަށްވައި މިނިސްޓަރު ވިދާޅުވީ މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއްކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް-19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް"

މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިނިވަންދުވަސް ބައްދަލުމިކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުޞާސް ކުރެވެމުންދާ ދަނޑިވަޅެއްގައިމަށެވެ. މިފަދަ ހާލަތްތަކުގައި އިޤްޠިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވާ ބޮޑަތި ދަތިތައްވެސް މިއަދު ތަހައްމަލު ކުރަމުން ދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.