ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ފަރާތުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ފުރަބަންދަށްފަހު އަލުން ހުޅުވާލާއިރު އާ އާންމު ހާލަތަށް ތައްޔާރީވެފައިވާ މިންވަރު ބެލުމަށް އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު އިސްކުރެއްވީ ހަނިމާދޫ އެއާޕޯޓްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމަށެވެ.
ކަމާބެހޭ ފަރާތްތަކުން ކޮމެޓިއަށް ހާޒިރުކޮށް އެކި އެކަމާއި ގުޅޭ ގޮތުން އެކި މެމްބަންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަތައް ދެކެވެމުން ދިޔައިރި މެމްބަރު ވަހީދުގެ ފަރާތުން ހަނިމާދޫ އެއާޕޯޓްގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރެއްވީ ފާހަގަވާ މިންވަރަކަށެވެ.
އެސްއޯއީ ކޮމިޓީގެެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެންވބަރ އިލްޔާސް ލަބީބު ވާހަކަ ދައްކަވަމުން ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ފާހަގަކުރެއްވި ހަނިމާދޫ އެއާޕޯޓު މި އޮންނަނީ އެމްއޭސީއެލްގެ ދަށުގއިކަމަށާއި އެހެންކަމުން މަޢުލޫމާތު ހޯދާއިރު ހޯދާނީ ހަނިމާދޫ އެއާޕޯޓް އާއި އެކީ ކަމަށެވެ.
އެހެންވީމަ އަޅުގަނޑުމެން ހާޒިރު ކުރާ ކަމުގައި ވަންޏާ އިއްޒަތްތެރި މެމްބަރު ހުށަހެޅުއްވީ ހާޒިރުކޮށްގެންވެސް މައުލޫމާތު ސާފުކުރުމަށް. އެންމެ ފުރަތަމަވެސް އަޅުގަނޑު ހިތަށް އަރަނީ މި ފާސްވެއްޖެއްޔާ ލިޔުމުން މައުލޫމާތު ހޯދާފަ އެބޭފުޅުންނަށް ޓައިމްއެއް ދީފަ ކަމަށް އެބޭފުޅުން ގެންނާނީ. ކުރިން ލިޔުމުން މައުލޫމާތު ހޯދާފަ އޮވެއްޖެނަމަ އަޅުގަނޑުމެންނަށްވެސް ފަސޭހަ ވެގެންދާނެ.
އިލްޔާސް ލަބީބު ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް، އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެރިވި މެމްބަރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ހުރީ ކޮން ފެންވަރެއްގެ ހާލަތެއްގައިތޯއާއި އެއަރޕޯޓުތައް ކޯވިޑް-19ގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ އިތުރު ތަފްސީލްތައް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި މާފަރު އިންޓާރނޭޝަނަލް އެއަރޕޯޓާ ގުޅޭގޮތުންވެސް މައުލޫމާތު ހޯދުމަށް މެމްބަރުން ވަނީ ނިންމާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަން ތައްޔާރުވެފައިވާ މިންވަރު ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
އަދި ކަމާބެހޭ ފަރާތްތައް ހާޒިރުކުރާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓުތައް އޮޕަރޭޓްކުރާއިރު ހުންނަން ޖެހޭ މިންގަނޑުތަކުގެ ގައިޑުލައިން ގައި ހިމެނޭ ކަންތައްތަކާއި އެއްވަރަށް އެމްއޭސީއެލް އަދި އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!