ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުންކަމަށް ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފިއެވެ.
ދާއޫދު މިހެން ބުނެފައިވަނީ ކޭއާރއެޗްގައި ކޯވިޑް ޓެސްޓު ކުރެވޭނީ ކޮންދުވަހަކުންތޯ ޒުވާނަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އިއްޔެ ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނުމާއިގުޅިގެން ތިލަދުންމަތީގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު ޓުވިޓަރ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުމުން އަޙަމްދު ދާއޫދު ބުނެފައިވަނީ ވަރަށް އަވަހަށް ޕީސީއާރު މެޝިން ލިބޭނެކަމަށެވެ.
އުންމީދު ކުރަނީ، މެޝިން ލިބުމާއިއެކު ސެޓަޕް ނިންމާ 2 ހަފްތާގެ ތެރޭގައި ޚިދުމަތް ދެވޭވަރު ވާނެކަމަށް، އިންޝާﷲ، ހޯޕް ފޯރ ދަ ބެސްޓް
ދާއޫދު ބުނެފައިވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އިއްޔެ ހަމަޖެއްސުމާއިއެކު މިއީ މާލެއިން ބޭރުގައި މި ބައްޔަށް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހުނު ފުރަތަމަ ހޮސްޕިޓަލެވެ. މިއާއިއެކު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރް މެޝިނެއް ކުރިއަށް އޮތް 10 ދުވަހު ތެރޭގައި ބަހައްޓައި ކޯވިޑަށް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.
އެ މެޝިނުން، ދުވާލަކަށް 100 އާއި 150 ޓެސްޓު ކުރެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އައްޑޫގައި މިހާރު ޓެސްޓު ކުރާ މެޝިނުން، ދުވާލަކަށް ކުރެވޭނީ 24 ސާމްޕަލެވެ. އަދި މި ޓެސްޓުތައް ކުރަނީ ބަޔޯ ފަޔާ މެޝިނަކުނެވެ.
އުތުރާއި ދެކުނުގައި ބަހައްޓާ މި ދެ މެޝިނުގެ މަސައްކަތަށް ބޭނުންވާ ލެބް ޓެކްނީޝަނުން ތަމްރީން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޯވިޑް ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މިދިޔަ ހުކުރު ދުވަހު އީކުއޭޓާ ވިލެޖު ކަރަންޓީނު ފެސިލިޓީގައި ހުރި މީހަކު ކޯވިޑް19 އަށް ޕޮސިޓިވް ވެފައިވާއިރު އެމީހާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ވެސް އައްޑޫ ސިޓީގައި ކަމަށް އެންއޯއީސީ އިން މައުލޫމާތު ދެއެވެ.
އައްޑޫއިން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހުމާއިއެކު މަރަދޫ ދާއިރާ އިބްރާހީމް ޝަރީފް ކުރި ޓުވިޓެއްގައި ބުނެފައިވަނީ އައްޑޫއިން ކޮވިޑް ޓެސްޓު ހަދަން ފެށުމާއިއެކު ފިނި ނޭވާއެއް ލެވިއްޖެ ކަމަށެވެ. މިޓުވީޓާއި ގުޅިގެން ތިލަދުންމައްޗަށް ނިސްބަޔްވާ ޒުވާނަކު ބުނެފައިވަނީ އައްޑޫއިން އެންމެ މީހަކު ޕޮޒިޓިވް ވުމާއި އެކު ޓެސްޓު ކުރަން ފެށިއްޖެ ކަމަށެވެ. އަދި ބޮޑު ތިލަދުންމަތިން އެތައްރަށެއް މޮނީޓަރިންއަށް ލީ އިރުވެސް އެކަމެއް ނުވި ކަމަށް ބުނެ ހދ. އަތޮޅަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުން ވަނީ ޓެގު ކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް 2013 މީހުންނަށް މިބަލި ޖެހިފައިވާއިރު ކޯވިޑް19ގެ އަސަރު މާލެ ފިޔަވާ އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުގެ ރަށްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!