ހދ. ނެއްލައިދޫ ކުލަބު ރެފިޔުޖީގެ ފަރާތުން 100 މާސްކް ނެއްލައިދޫ ކައުންސިލާއި ހަވާލު ކޮށްފި އެވެ.
100 މާސްކު ނެއްލައިދޫ ކައުންސިލް އާއި ހަވާލުކޮށްދެއްވީ ރޭ އެކައުންސިލްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. ކުލަބުގެ ފަރާތުން ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި މިތަކެތި ހަވާލުކޮށްދެއްވީ މުޙައްމަދު ހުސައިންއެވެ.
މިތަކެތި ހަވާލުކޮށްދެއްވުމަށްފަހު އެކުލަބުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނި ކުރިމަތިވެފައިވާ ކޯވިޑް19 އިން ސަލާމަތްވުމަށް ނެއްލައިދޫގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުލަބު ރެފިޔުޖީގެ ފަރާތުން 100 މާސްކް މިރޭގެ ވަގުތެއްގައިވަނީ ހަވާލު ކުރެވިފައިވާނެކަމަށެވެ. މި ކަން ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިޔުމުގައި ކުލަބުގެ ހުރިހާ މެމްބަރުން ދިން އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި އިސް ސަފުގައި ހަރަކާތްތެރިވާ އެންމެންގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވާކަމުގައި ބުނެފައިވެއެވެ. ނެއްލައިދޫ ކައުންސިލުން ވަނީ އެ ކުލަބަށް ޝުކުރު އަދާކުރައްވާފައެވެ.
އާންމު ސާފުތާހިރުކަން އިތުރުކުރުމަށްޓަކައި، ކުލަބު ރެފިއުޖީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މީގެ ކުރިންވެސް ވަނީ ނެއްލައިދޫ މިސްކިތްތަކުގައި އަތްދޮންނަ ފުޅި ބެހެއްޓުމަށް ކުލަބުގެ ފަރާތުން ނެއްލައިދޫ ކައުންސިލަށް 3 ކޭސް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފައެވެ.
ކުލަބް ރެފިއުޖީ އަކީ ނެއްލައިދޫގެ އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމޫނާ ކުލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!