ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ތޮށި (އެއްގަމު ޖެޓީ) ގެ ކޮންކްރީޓް މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.
ކޮމަންޑޫ ކައުންސިލުން ބުނީ އެރަށު ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ.
ކޮމަންޑޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު
- 12 މީޓަރުގެ ބޭރު ތޮށިޖެހުން
- 20 މީޓަރުގެ ރިވެޓްމެންޓް ޖެހުން
- 190 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުން
- 2 ނެރު ބައްތި ޖެހުން
- 10 މޫރިން ބްލޮކްސް ހަރުކުރުން
- 19 ބަނދަރު ބައްތި ޖެހުން
- ބަނދަރުގައި ރޭމްޕް ހެދުން
- އެއްގަމު ތޮށިވަށައިގެން ޕޭމަންޓް ހެދުން
- ބަނދަރު ފުން ކުރުން
- ބަނދަރު ނެރު ފުންކުރުން
މިމަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި، ޕްލޭނިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރެވުނީ 4 އޯގަސްޓް 2019 ގައެވެ. މިމަސައްކަތް ނިންމުމުގެ މުއްދަތަކީ 365 ދުވަހެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 29،412،392.94 ރުފިޔާއެވެ.
އެމްޓީސީސީއިން ދަނީ ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!