މިއީ އަސްލަށް ވެސް ހިތްގައިމު ހަނދާންތަކެވެ. ބައި ހަދާފައި މޫދަށް އެރިލާ މަޖާކުރާ ދުވަސް ދުވަހުގެ ފޮނިމަޖާގަނޑެކެވެ.

މަސްހިފާ ދާ ނެތިއްޔާ ކުޑަވަރެއްގެ ފޮތިގަނޑެއް ހިފައިގެން ރަތްދައްކާ އަވީގައި މުޅިގޮނޑުދަށުގައި ހިނގާނި ކައްޓަފުޅި ބައިގަނޑެއް ރާޑަރަށް އަރާތޯއެވެ. އަރައިފިއްޔާ އެދުވަސް އެއްކޮން ކައްޓަފުޅި އައިނުގަނޑުއެކީގައި ހިސޯރުކޮށްލާނެއެވެ.

Ad
rt

ކައްޓަފުޅި ހިފޭނީ ލައްކަ ހުނަރު ހުރެގެންނެއެވެ. ފޮތިގަނޑުގައި ހިފާ ދެމީހުން ފިޔަވާ މަސްތައް ލަވަން ކުޅަދާނަ މީހުން ނެތިއްޔާ މުޅި މިސަން ފަނިވާނެއެވެ.

މަސްބައި ލަވާ މީހާގެ ހުނަރު ހުއްޓަސް ފޮތިގަނޑުގައި ހިފަހައްޓައިގެން ތިބި މީހުންގެ ހުސިޔާރު ކަމެއް ނެތިއްޔާ ފެންމަތި ލޯލިއެއް ދެމިގަންނަހެން ތޮއްޑުދަށުން ކައްޓަފުޅިތައް ދެމިގަންނާނެއެވެ.

މަސްތައް ހިފާވަރުން ހުރިހާ މަހެއް ބެލެހެއްޓުމުގައި ހުންނަ ސޮރު ފުށްވާލިއްޔާ މުޅިދުވަސް ހަރާބު ވިއެވެ. ރަށް ވަށާހެން ބުރު ޖެހި އިރު މަސްހިފާ ފޮތިގަނޑުގައި އެއް ފަހަރު ނަމަވެސް ހިފާލަން އޭނައަށް ދޭން ޖެހޭނެއެވެ.

މުޅިދުވަހު ގޮނޑުދަށުގައި އެންމެންގެ ހިތްވަރުން ކޮންމެ މީހެއްގެ ގޭ ވަޅަށްލާން ފަސް ކައްޓަފުޅި ލިބުނީމަ އެދުވަހުގެ މަސައްކަތުގެ ދެބައިކޮޅަ އެއްބައި އެހުރީ ނިމިފައެވެ.

މަސްކޮޅު ބަހާލާއިރު ބައެއް ފަހަރު އެންމެ ބޮޑު ކައްޓަފުޅި ދޭންޖެހޭ މީހާ ކަނޑައެޅުމަކީ ބޮޑުބޮލުގެ ރިހުމަކަށްވެއެވެ. ނަސީބަކުން އެންމެން ރުހޭގޮތް ނުވެގެން ގުރުލައިގެން މައްސަލަ ހައްލުކޮށްލެވެ.

އާންމުގޮތެއްގައި އެއީ ފަސޭހައިން ފެނަށް ދިރޭ މަހެކެވެ. އެދުވަސްވަރަށް ބަލާއިރު ކައްޓަފުޅިއެއް ނެތް ފެންވަޅެއް މަދުވާނެއެވެ.

ވަޅަށް ކުލޮރިން އެޅުމުގެ ބަދަލުގައި ބައެއް ގޭގައި ގިނައަދަދަކަށް ކައްޓަފުޅި އަޅާފައި ހުންނަކަމަށްވެއެވެ. ވަޅުގައި އުފެދޭ މަދިރި ފަނިތައް ހުސްކުރުމުގެ ބޭނުމުގައެވެ.

ބައެއް ފަހަރު ހިތަށް އަރައެވެ. ކައްޓަފުޅިއަށް ހާއްސަ މާހައުލަކީ ފެންވަޅުބާއެވެ. ވަޅުގައި އޮތް ކައްޓަފުޅި ދާންޏަށް ނުސިހޭތީއެވެ.

ފޮޓޯގެ ހައްޤުވެރި ފަރާތް: މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް