ކޮންމެ ގެއެއްގައި ފަހަރިއެއް ނުހުރެދާނެއެވެ. އެހެން ނަމަވެސް މަދުން ނަމަވެސް ފަހަރިންގެ ނަސީބު ލިބިފައި ހުރި އާއިލާތައް ގިނައެވެ. ބައެއް އާއިލާތަކުގައި ތިން ފަހަރި ހުރުމުގެ ނަސީބުވެސް ލިބިފައި އެބަހުއްޓެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ ރަނެއް މަލެއްފަދަ ބަޔަކަށްވެއެވެ. މިގޮތުން އާއިލީ ބޮޑުދައިތަގެ ސަރަފުގައި އުޅޭ ފަހަރިން މަދެއްނޫނެއެވެ.

އަނެއްބައި އާއިލާތަކުގައި ނަސީބުދެރަ ބައެއްގެ ގޮތުގައި ފަހަރިންވެއެވެ. މައިދައިތަގެ ލޯތްބާއި ބަފާބެގެ ލޯބި ހޯދުމުގައި މުޅިދުވަހު އުޅެން ޖެހޭ ފަހަރިން ގިނައެވެ. އާއިލާތަކުގެ ނަގާ ކިޔާ ފަހަރިންނަކީ އާއިލާގެ ރައުސްމާލެއެވެ. އާއިލީ ގުޅުން ބަދަހި ކުރުމަށްޓަކައި ތަފާތު އާއިލީ ހަރަކާތްތައް އިންތިޒާމްކުރާ ކުޅަދާނަ ފަހުރުވެރި ފަހަރިން ތިބެއެވެ.

Ad
rt

ފަހަރިއެއްގެ ހަބަރެއް ނުވެގެން އާއިލާ މާޔޫސްވާ ކަހަލަ ފިސާރި ބައެއްގެ ގޮތުގައި އެމީހުން ވެފައި ހުރެއެވެ. އެއީ އިހްތިރާމާއި ކުލުނު ދީގެން ލޯބި ހޯދާފައިވާ ފަހަރިންނެއެވެ މިކަހަލަ ފަހަރިއަކާއި އެކު ވަގުތުކޮޅެއް ހޯދާލައިގެން އާއިލީ ކޮފީއަކަށް އަރާލުމަކީ އެވެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ.

މިއާ އިދިކޮޅަށް ބައެއް އާއިލާތަކުގެ ހަލާކަށް ފަހަރިން ވެފައިހުރެއެވެ. މިގޮތުން ކަމާއި ނުބެހޭ ބައެއް ނިންމުންތަކުގައި ބާރާއި ނުފޫޒު އެމީހުން ފޯރުވާ ހަދައެވެ. އެކަމަކު މިހެން ގިނަފަހަރަށް ވަނީ މާބޮޑަށް ދޮންފުތު ކޮށްލެވޭ ފަހަރިންގެ ފަރާތުންކަމަށް ބެލެވެ އެވެ.

އެއް ގެއެއްގެ ތެރޭގައި އުޅެން ޖެހިފައިއޮތް ޒަމާނަކަށް ވެފައި އޮތްއިރު އެހީތެރިކަން ފޯރުކޮށްދީ ހިޔާލު ބަދަލުކޮށްލާ ހާއްސަ ފަހަރިއެއް ގިނަ އާއިލާތަކުގައި ފާހަގަކޮށްފައި ހުރެއެވެ. ކޮންމެ ފަހަރިއެއް ވެސް އެއާއިލާގެ ޖަވާހިރަކަށް ވާން ބޭނުންވާނެއެވެ.

އާއިލާގައި އެންމެ ނަންހިނގާ އޯގާތެރި ފަހަރިއަކަށް ވާން ބޭނުންވާ އެހެންނަމަވެސް ގޭތެރޭގައި އުޅޭ އެހެން ފަހަރިންގެ ސަބަބުން ފުރުސަތު ގެއްލިފައި ތިބި ފަހަރިން ވަކި މަދެއްނޫނެއެވެ.

ބަޔެއް އާއިލާ ތަކަކީ ފަހަރިން ލިބުމުގެ ނަސީބު ނެތް އާއިލާތަކެވެ. އާއިލާގައި ހުސް އަންހެން ކަނބަލުން ތިބި އާއިލާ ތަކެވެ. މިއާއި ހިލާފަށް އާއިލާގައި ހުސް ފިރިހެނުން ތިބި އާއިލާތަކަކީ ފަހަރިންގެ ނަސީބު ލިބި ފޯރިގަދަ އާއިލާތަކެކެވެ.