ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި

58364761-2FC6-4983-A809-843F20DE8C4C

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އުފަން ރަށުގައި ކުރަން ނިންމައިފިއެވެ.

ށ. މަރޮށީ ކައުންސިލުން ބުނީ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ޢިޝާ ނަމާދަށް ފަހު މަރޮށީ ހުކުރު މިސްކިތުގައި ކަމަށާއި މި ނަމާދުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ދެއްވުން އެދޭކަމަށް އެކައުންސިލުން ބުނެއެވެ.

މީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ ކަށު ނަމާދެވެ. ކޯވިޑް ބަލީގައި މަރުވި މީހުންގެ ކަށުކަމާކެމީގެ ކަންތަކާއި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެއްވެސް މީހަކަށް ބައިވެރި ނުވެވޭގޮތަށް ހަމައެކަނި އެކަމަށް ހާއްސަކޮށްފައިވާ ސިފައިންގެ ޓީމަކުންނެވެ.

ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކަށު ނަމާދު މި ކުރަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަށްފަހު ބައެއް ރަށްރަށުގައި މިއަދު ހުކުރު ނަމާދަށްފަހު ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދިނުމުންނެވެ.

ށ އަތޮޅު މަރޮއްޓަށް އުފަން ޙުސައިން ޢަބްދުﷲ ނުވަތަ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ކޯވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ މިމަހުގެ 14 ވަނަދުވަހުގެ ރެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 88 އަހަރުއެވެ. ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް ޙުސައިން ކަލޭފާނު އަނބިކަނބަލުން ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމްވެސް ވަނީ ނިޔާވެފައެވެ. އާއިމިނަތު އާދަމް ނިޔާވީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ.

ޙުސައިން ޢަބްދުﷲ ނުވަތަ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

މަރޮށީ ޙުސައިން ކަލޭފާނަކީ، އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ. މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއަކީ އޭނާއެވެ.

ޙުސައިން ކަލޭފާނު، ވިޔަފާރީގެ ފައިދާއިން އެންމެބޮޑު ހޭދައެއް ކުރައްވާފައިވަނީ، އުފަން ރަށް މަރޮށްޓަށެވެ.  މަރޮށީ ޙުސައިން ކަލޭފާނަކީ އަތޮޅުތެރޭގެ ތަޢްލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންނަވައިގެން، އަމިއްލަފުޅު ޚަރަދުގައި އެކުދިންނަށް ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި ޢާއިލާތަކުގެ ކުދިންނަށްވެސް އަމިއްލަފުޅު ޚަރަދުގައި ކިޔަވައިދެއްވިއެވެ.

27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސްކޫލްގެ ޢިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަފުޅު ޚަރަދުގައި ބަދަލުކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ ސްކޫލަކަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މަދްރަސަތުލް މުނައްވަރާއަކީ، ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

https://thiladhun.com/29925

މަރޮށީ ޙުސައިންކަލޭފާނުގެ ޚަރަދުގައި، ބިލެތްފަހީގައި މިސްކިތެއް ޢިމާރާތްކުރައްވައި، އަދި އިތުރު ދެރަށެއްގައި ދެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ހިންގަވަމުން ގެންދަވާފައިވެއެވެ. މީގެ އިތުރުން، އަތޮޅުގެ ރަށްރަށުގެ ވަރަށް ގިނަ މިސްކިތްތަކަކަށް ބޮޑެތި އެހީތައް ވެދެއްވާފައިވެއެވެ.

ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު މަރޮށީ ޙުސައިން ކަލޭފާނަށްވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި