ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ހަމަރޯޅި ހިޔާ ފަޅައިލައި އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އިހަވަންދޫ ފިހާރަޔެއް ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

އަދި މިހާތަނަށް ބެލިބެލުމުން އެ ފިހާރައިން 25000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިމައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށާއި، ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ފިހާރައިން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެންނެވެ. ވެރިފަރާތުން ހާމަކޮށްފައިވާގޮތުގައި ފިހާރައިގައި ހުރި ފައިސާގެ އިތުރުން އިތުރު އެއްޗެއް ވަގަށް ނެގި ކަމަށް ފާހަގަ ކުރެވިފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރަ ފަޅާލައިފައިވަނީ މިރޭގެ ދެނަމާދު ދޭތެރޭގެ ވަގުތެއްގައެވެ.