ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރަން ހދ. ހޮނޑާފުށީގެ އިތުރު 2 ރަށެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަބަންދާ ގުޅިގެން ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް ހަމަޖެއްސީ ހދ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅުން ރިސޯޓެއް ކަމަށެވެ. މިއީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރި ކަމެއް. ކެތްތެރިކަމާ އެކު ހިތްވަރު ގަދަ ކުރައްވާ،" އަލީ ވަހީދު ވިދާޅުވިއެވެ.
އެގޮތުގައި މީހުން ކަރަންޓީން ކުރަން ހަމަޖެއްސި ތިން ރިސޯޓަކީ ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ރިސޯޓެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް ހަތަރު ރިސޯޓެއް ހަމައެކަނި ފުރަބަންދުވީ ރައްޔިތުން ކަރަންޓީން ކުރުމަށް ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ، ދ. އަތޮޅާއި ޅ. އަތޮޅާއި ރ. އަތޮޅުގެ ރިސޯޓުތައް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"ﷲ އިރާދަފުޅުން އައިސޮލޭޝަން ދައްޗެއް ނުވެ ފުރަބަންދު ކަރަންޓީން ވެސް ކުރިއަށް ގެންދެވޭނެ،"
އަލީ ވަހީދު ވިދާޅުވިއެވެ.
މާލޭގައި މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ވަނީ ފުރަބަންދަކަށް ދިއުމުގެ ސަބަބުން މާލެ އައިސް ތިބި ގިނަ ބަޔަކު ތާށިވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން އަތުން ފައިސާ ހުސްވެ މަގުމަތިވެގެން ސަރުކާރުން ވަނީ އެހީތެރިވެފައެވެ.
މިކަމަށް ހައްލެއް ހޯދައި އަތޮޅުތެރެއަށް މީހުންނަށް ފުރޭނެ އުސޫލެއް ކަނޑައަޅައި އުސޫލެއް އާންމުކޮށްފައިވާ އިރު، އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ
އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށް ސަރުކާރުން ބުނެއެވެ. މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 5،000 މީހުން ރަށްރަށަށް ދާން ބޭނުންވާ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!