ރާއްޖެއިން ކޯވިޑް-19އަށް އިތުރު 13 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 968 އަށް އިތުރު ވެފައެވެ.
އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 8 ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުން ކަމަށެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!