ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށްވެސް އައިސްފައިވާ މިދަނޑިވަޅުގައިވެސް އެންމެ ތަންފުކެއްވެސް ދޫ ދިނުމެއްނެތި، އެމްޓީސީސީ ދަނީ ޤައުމަށްޓަކައި މަސައްކަތަކަށްފަހު މަސައްކަތެއް ނިންމަމުންނެވެ.
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ލިބިދީފައިވާ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެކުންފުނިން އެންމެ ފަހުން ނިންމި ބައެއް މަސައްކަތްތަކަށް ކަޅިހިންގައިލާނަމެވެ.
ހިމަންދޫ ބަނދަރުގެ އަމަލީ މަސައްކަތް
އެމްޓީސީއިން ވަނީ މިދިޔަ 2019 ވަނަ އަހަރުގެ އޭޕްރީލް ތިންވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އއ. ހިމަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިންމާލައި އެކަން އިއްޔެ ހާމަކޮށްފައެވެ.
ހިމަންދޫ ބަނދަރު ޕްރޮޖެކްޓުގެ ދަށުން އެރަށުގެ ފަޅުން 28،030 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 405 މީޓަރުގެ ބްރޭކްވޯޓާ އަކާއި 141 މީޓަރުގެ ރިވެޓްމެންޓު ޖަހާފައިވެއެވެ. އަދި ބަނދަރުގައި ލައިޓު ހަރުކޮށް، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމްކޮށްފައިވެއެވެ.
47.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ، ހިމަންދޫ ބަނދަރު ތަރައްގީކޮށްފައިވަނީ ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި ރޭމްޕަކާއެކުއެވެ.
The construction of a 405 m breakwater; a 141 m revetment: a bridge; a ramp and a 3 m width concrete jetty were also undertaken. #infrastructuredevelopment#MTCCProjects #AAHimandhoo
(2/2) pic.twitter.com/20MbKZzzZO— MTCC Plc (@MTCCPlc) May 3, 2020
ކަނޑުހުޅުދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް
މިދިޔަ 2019 ވަނަ އަހަރު މާރިޗް މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާއި ހަވާލުރި ގއ. ކަނޑުހުޅުދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ނިންމައި އެކަން ވަނީ މި ހިނގާ މޭމަހުގެ 2 ވަނަ ދުވަހު ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކަނޑުހުޅުދޫގައި 414 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއް ލާފައިވެއެވެ. އަދި 40 މީޓަރުގެ ބޭރުތޮއްޓަކާއި 100 މީޓަރުގެ ރިވެޓްމެންޓު ޖަހާފައި ވެއެވެ.
އެމްޓީސީއިން އެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ވުރެ އަވަހަށް ނިންމާފައިވާ އެ މަޝްރޫއުގައި މީގެ އިތުރުން އެއްގަމު ތޮއްޓާއި އިންވެގެން 2310 ސްކޮޔާ މީޓަރުގެ ޕޭމަންޓް ވަނީ އަޅަފައިއެވެ.
We have completed the construction of GA. Kanduhulhudhoo quay wall well ahead of schedule.
The project, awarded on 27th March 2019, was estimated to be completed in 350 days.
Project work includes the construction of a 414m quay wall and 2,310 sqm of paved area. pic.twitter.com/rF67LyXrsT
— MTCC Plc (@MTCCPlc) May 2, 2020
ސެންޓާރާގެ އެއް ރިސޯޓު ހިއްކުން
ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޓާރާ ގްރޫޕުން ރާއްޖޭގައި އަލަށް ތަރައްގީ ކުރާ ތިން ރިސޯޓް ހިއްކުމުގެ މަސައްކަތް ކުރާ އެމްޓީސީސީން، އެ މަޝްރޫއުގެ ދަށުން އެއް ރިސޯޓުހިއްކައި ނިންމާލި ހުސްވި އޭޕްރިލް މަސްތެރޭގައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެކުންފުނިން ހަވާލުވި މި މަސައްކަތް ކުރަމުން ގެންދަނީ އެ ކުންފުނީގެ ކޮންނަ ބޯޓް މަހާޖައްރާފު ބޭނުންކޮށްގެންނެވެ.
އެމްޓީސީސީއާއެކު ސެންޓާގާ ގްރޫޕުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރާ ފަޅުން 21 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. މީގެ އިތުރުން ހިލައިގެ ޖެހުމުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާލާނެ އެވެ.
ތިމަރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސްގެ މަސައްކަތް
ތ. ތިމަރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ނިންމާލިކަން އެކުންފުނިން ވަނީ ހުސްވި އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ހާމަކޮށްފައެވެ.
ސަބް ބޭސްގެ މަސައްކަތުގެ އިތުރުން އެ މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްކަތާއި، ދަނޑު ވަށައިގެންވާ ޕޭވްމަންޓު ވެސް ހަދުމުގެ މަސައްކަތް އެކުންފުނިން ވަނީ ކޮށްފައެވެ.
ސަރުކާރުން ތ. ތިމަރަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ އަށް މިދިޔަ ޖެނުއަރީ މަހުއެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް އެމްޓީސީގެ އެހީތެރިކަމަށް ހުއްޓުމެއްނެތް
- އެމްޓީސީއާއި އެމްއެންޑީއެފް ގުޅިގެން ގުޅީފަޅުގައި 665 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ވަނީ ހަދައިނިންމާފައި، އެކަން އެކުން ފުނީ އިއްޔެ ވަނީ ހާމަކޮށްފައި.
- އެމްޓީސީގެ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތައް ބޭނުންކޮށްގެން ކޯވިޑް-19 ގެ ޕޭޝަންޓުން ރައްކާތެރިކަމާއެކު ކަރަންޓީން ފެސިލިޓީތަކަށާއި އައިސޮލޭޝަނަށް ގެންގޮސްދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، އެކުންފުނިން އެކަން ވަނީ ހުސްވި އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ހާމަކޮށްފައި.
Additional work to covert the facility to accommodate 600 plus pax was carried out by @MNDFmv along with our staff within 9 days. pic.twitter.com/38M9IvaBTo
— MTCC Plc (@MTCCPlc) May 3, 2020
މީގެ އިތުރުން އެމްޓީސީއިން ވަނީ ކޯވިޑާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއްކޮށް، ކުންފުނީގެ ޚިދުމަތުމަތުގެ ރައްކާތެރި ކަމާއި، އިތުބާރު ކަށަވަރު ކުރުވައި، ކަސްޓަމަރުންނަށް ލުއި ގިނަ ކަންތައްތަކެއް ހަމަޖައްސައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!