މިނާޒުކު ވަގުތުގެ ނާޖާއިޒު ފައިދާ ނަގާ މަސްލަހަތު ނަގާލާ، މަކުނުދޫ ފެނަކަ އިމާރާތައް ޤަވައިދާ ހިލާފަށް ވަދެގަނެ، އިންޒާރު ދީ، ހިންގަން އުޅެނީ ގައިރު ޤާނޫނީ އަމަލުތަކެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

އެހެންމަސް މަހާއި ހިލާފަށް ކަރަންޓްބިލް ބޮޑުވެފައިވާކަމަށް ބުނެ ހދ. މަކުނުދޫގައި މުޒާހަރާ ކުރުމާއި ގުޅިގެން މިކަމަށް ރައްދުދެއްވާ ރާއީ ކުރި ޓުވީޓުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ ޕޮލިސް މުޙައްމަދު ހަމީދު ޓެގު ކުރައްވާ ބުނެފައިވަނީ ގައިރު ޤާނޫނީ އަމަލުތައް ކަމާ ބެހޭ މުއައްސަސާ ތަކުން ބަލައި ދެއްވުން އެދޭކަމަށެވެ.

Ad
rt

ކަން ކުރި ގޮތް ގޯސް، ކަންކަން ހައްލު ކުރަން އުސޫލުންނެއް ނޫން ކަން ކުރެއްވީ، ކަރަންޓު ބިލުގެ ކަންކަމުގައި އެ ތަނުގެ ވެރިންނާއި ނުވަތަ ފެނަކައިގެ ވެރިންނާއިވެސް ހިއްސާކުރެވުނީސް، އެކަމު މިސިއްހީ ނުރަކަލުގެ ހާލަތުގައި އެއްވެ، ކަން ކަން ހައްލު ކުރުމުގެ ބޭރުން އަމަލު ކުރީ، ހިތާމަ ކުރަން.

ރާއީ ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވެއެވެ.

ރާއީގެ މިޓުވީޓު ކުރެއްވީ މުޒާހަރާ ކުރިއަށް ދިޔަ ވަގުތުކަމުން މުޒާހަރާގެ އަޑުގަދަކުރާއިން މިޓުވީޓުވަނީ އަޑުހަރުކޮން ކިޔާފައެވެ. އަދި އެސަރައްދުގައި އެއްވެތިބި މީހުން ވަނީ ރާއީގެ އިސްތިއުފާއަށް ގޮވާފައެވެ.

މިއާއިއެކު ރާއީ ވަނީ ރާއީގެ ޓުވީޓު އިތުރަށް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ އަޅުގަނޑު އެދުނީ ބަޔަކު ހައްޔަރު ކުރާކަ ނުވަތަ ބަޔަކަ އަނިޔާ ދޭކަށްނޫންކަމަށާއި މިކަން ކަމާ ބެހޭ މުއައްސާސާ ތަކުން ބަލައި ދިނުމަށްކަމަށެވެ. އަދި ފެނަކަ އެމްޑީއަށް ވެސް މި ކަން ކައިރިން ބަލައި ދިނުމަށް އެދިފައި ވާނެކަމަށް ބުނެފައިވެއެވެ.

މަކުނުދޫގައި މުޒާހަރާކުރުމާއި ގުޅިގެން އެރަށުގައި ފެނަކައިން ކުރިއަށް ގެންދާ ކަންކަން ރާއީ ވަނީ ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ރާއީ ބުނެފައިވަނީ މަކުނުދޫ ފެނަކަ އައު އިމާރާތާއި އެކު ޖަނަރޭޓަރ އާއި އަދި ނެޓްވޯކް ބަދަލު ކުރުމުގެ ކަންކަން އޮތީ ހަމަ ޖެހި ނިމިފައިކަމަށެވެ. މި ވަގުތު ގެ ގޮތުން އެކަންކަން ހުއްޓިފައިވާކަމަށާއި ރަށުގެ ފެނަކަގެ އިއްސްބޭފުޅުނާ ވެސް ވަނީ ހިއްސާ ކުރެވިފައިކަމަށް ބުނެފައިވެއެވެ. އަދި މި ހާލަތު އަރައިގަނެވުމުން އެކަން ކުރިއަށް ދާނެކަމަށާއި ފެނަކަ އެމްޑީ އެކަންކަން ގާތުން ބައްލަވާކަމަށް ބުނެފައިވެއެވެ.