ހދ ނޮޅިރަމް މޮނީޓަރިންގެ ހާލަތަށް ގެނަސްފައިވާކަން އެޗްޕިއޭއިން ހދ. ނޮޅިވަރަމް ކައުންސިލަށް އަންގައިފިއެވެ.
އެޗްޕީއޭއިން ނޮޅިވަރަމް ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވަނީ ނޮޅިވަރަމަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ.
ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކުރުން
ވައިކަރަދޫއަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުގައި ބަޔާންކޮށްފައިވެއެވެ.
ހއ. އުލިގަމުގައި ހުރި މީހަކު އެބައްޔަށް ފައްސިވިކަން މިހާރުވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ޔަޤީން ކޮށްދީފައެވެ. އެބަށްޔަށް ފައްސިވެފައި ވަނީ އެ ރަށުން މާލެ އަައުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު އަނބުރާ އެ ރަށަށް ދިޔަ މީހެކެވެ. އޭނާއާ އެއް ބޯޓެއްގައި ދިޔަ މީހުން ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.
އަލަށް ފެނުނު ކޭސް ތަކާއި ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)އިން މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ މޮނިޓަރިންނަށް ގެނެސްފައިވާ ތިލަދުންމަތީގެ ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ.
މިމަހުގެ 16 ވަނަ ދުވަހު ހަނިމާދޫއަށް ދަތުރުކުރި ފްލައިޓަކުން ހއ. ވަށަފަރަށް ދިޔަ، މާލޭގައި ކޯވިޑް-19 އަށް ފައްސިވި ކޭހަކާއި ގުޅުން ހުރި މީހެއްގެ ސާމްޕަލް މިހާރު ނަގާފައި ވާއިރު، އޭނާ ހުރި ގެ އެޗްޕީއޭއިން ވަނީ މީހުން ވަދެ ނުކުތުން މަނާ ގެއެއް ކަމަށް ކަނޑައަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!