ކޮރޯނާވައިރަހުގައި، އެމެރިކާގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 3،911 އަށް އަރައިފި އެވެ. މިއީ މިބަލީގެ ސަބަބުން އެމެރިކާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދެދުވަހެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޓްރެކާ އިން ދައްކާ ގޮތުން ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭ މިހާ ގިނަ އަދަދަކަށް އެއްވެސް ގައުމަކުން މީހުން މަރުވެފައެއް ނުވެ އެވެ.

އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 31،706 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށް ރެކޯޑްކޮށްފަ އެވެ. އެމެރިކާގައި މިހާތަނަށް ވަނީ 434,698 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 14,787 އަށް އަރައިފަ އެވެ. އެމެރިކާ އިން ރަނގަޅުވެފައި ވަނީ 22,891 މީހުންނެވެ.

Ad
rt

އެމެރިކާގައި އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުން ދަނީ ނިއު ޔޯކުގަ އެވެ. އެ ސްޓޭޓުން 151171 މީހުން ޕޮޒިޓިވްވިއިރު 6268 މީހުން ވަނީ މަރުވެފަ އެވެ. ނިއު ޖާޒީން 47437 މީހުން ޕޮޒިޓިވްވިއިރު 1504 މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގައި މިހާތަނަށް ކޮރޯނާވައިރަހަށް 2 މިލިއަންނަށްވުރެގިނަ ޓެސްޓް ހަދާފައިވެއެށެވެ. އެމެރިކާގައި މިހާރު ދުވާލަކު އެއްލައަށްވުރެ ގިނަ މީހުން އަންނަީ ޓެސްޓް ކުރަމުންނެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ވަނީ 1,518,518 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ހަތަރު ބައިކުޅަ އެއްބައި ހިއްސާ ކުރަނީ އެމެރިކާގަ އެވެ. މުޅި ދުނިޔޭން މިހާތަނަށް ވަނީ 88,495 މީހުން މަރުވެފަ އެވެ.