ހދ. ހަނިމާދުގެ އިހުތިސާސްގެ ތެރެއިން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ފަޅުތެރެއިން، ރަށުގެ
ގޮނޑުދޮށުން ފެށިގެން 300 ފޫޓަށް ވުރެ ދުރުން ރަށުގެ ރައްޔިތުންނަށްކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރަށުން ބޭރު އެއްވެސް ފަރާތަކުން ހަނިމާދޫގެ އިހުތިސާސްގެ ތެރެއިން ވެލި ނަގަންވާނީ ރަށު ކައުންސިލުން ލިއުމުން ހުއްދަ ހޯއްދައިގެންކަމަށެވެ.

Ad
rt

" ރަށުން ބޭރު މީހުން ލައްވާ ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ރަށުގެ އެއްވެސް ފަރާތަކަށް ދެވެން ނޯންނާނެތީއާއި އެއްވެސް ރަށެއްގެ އިހުތިސާސްގެ ތެރެއިން އެހެން ރަށެއްގެ ބަޔަކަށް ވެލި ނެގުމުގެ ހުއްދަ ދީފައި ނުވާތީ މިފަދަ ކަންކަށް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށާއި، މިގޮތްތަކާއި ޚިލާފަށް ވެލި ނަގާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ފިޔަވަޅު އަޅާނެކަން އަންގަމެވެ. " ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ.

ހަނިމާދޫ ގޮނޑުދޮށް

އެ ޢިއުލާންގައި އެކައުންސިލުން ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގެ ގޮނޑުދޮށުން ވެލި، ގައު، އަކިރި ފަދަ ތަކެތި ނެގުމަކީ ދިވެހި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއިބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ވަރަށްބޮޑަށް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.

ރައްރަށުން ވެލި، ގައު، އަކިރީ ފަދަ ތަކެތި ނެގުމަކީ ބޮޑު އަދަބު ކަނޑަ އެޅިފައިވާ ކުށަކަށްވާތީ މިފަދަ ކުށެއް
އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކައުންސިލުން ތަކުރާރުކޮށް އަންގަމުން ދިޔަނަމަވެސް މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ބަރޯ، އެކި އެކި މިންވަރުގެ ތަކެތި ބޭނުންކޮށްގެން ވެލި ގެންދަމުން ދާކަމުގެ ޝަކުވާ
ލިބެމުން ދާކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

އެ ކަމަކީ އެއްވެސް ފަރާތަކުން ކޮންގެން ވާނެ ކަމެއް ނޫންކަމަށާއި ފަރުދީގޮތުން
ކުށަށް އަރާއިގަތުމަކީވެސް އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫންކަށް ހަދާންކޮށް ކޮށްދޭ ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ރީތި ވިލު ހިމެނޭހެން ވަރަށް ބޮޑު ފަޅަކާއި، ރީތި ދޮންވެލި ގޮނޑު ދޮށެއް އޮންނަ ރަށެކެވެ.