ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1,346,566 އަށް އަރައިފިއެވެ. އަދި މިބަލީގައި މިހާތަނަށް 74,697 މީހުން މަރުވެއްޖެއެވެ.
ކޮވިޑް-19 މުޅި ދުނިޔެ ،7 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 8:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ޕޮޒިޓީވް މީހުންގެ ޢަދަދު: 1,346,566
- މަރުވި މީހުންގެ ޢަދަދު: 74,697
- ރަނގަޅުވި މީހުންގެ ޢަދަދު: 278,695
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
- 2020 އޭޕްރިލް 1، 900،000 މީހުން
- 2020 އޭޕްރިލް 2، 1،000،000 މީހުން
- 2020 އޭޕްރިލް 3، 1،100،000 މީހުން
- 2020 އޭޕްރިލް 4، 1،200،000 މީހުން
- 2020 އޭޕްރިލް 6، 1،300،000 މީހުން

މިބަލި މިހާރުވެސް އެންމެ ހަލުވިކަމާއިއެކު ފެތުރެނީ އެމެރިކާގައެވެ. އިއްޔެވެސް އެމެރިކާއިން 30،331 މީހުން މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައިއެވެ.
ކޮވިޑް-19، އެމެރިކާ ،7 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 8:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓީވް މީހުންގެ ޢަދަދު: 367,004
މަރުވި މީހުންގެ ޢަދަދު: 10,871
ރަނގަޅުވި މީހުންގެ ޢަދަދު: 19,671
މިބަލި އިއްޔެ އެކަނިވެސް 73,142 މީހުންނަށްވަނީ ޖެހިފައެވެ. މިބަލީގައި އިއްޔެ 5,229 މީހުންވަނީ މަރުވެފައެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 209 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!