އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން، ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރުދިނުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އެކަމާ ގުޅިގެން ހައްޔަރު ކުރީ އެ ރިސޯޓުގެ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފަކު ކަމަށެވެ.
A 40yo Maldivian man has been arrested today for threatening to damage resort property. The court has granted him 15 days of detention.
We advise everyone to kindly be patient during this #COVID19 health alert.If you have any urgent needs, please contact @HPA_MV#COVID19Maldives
— Maldives Police (@PoliceMv) March 25, 2020
ފުލުހުން މިރޭ ބުނީ އިއްޔެގެ ވަގުތެއްގައި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނެ ރިސޯޓުން ފައިބަން މެނޭޖްމަންޓުގައި އެދުނު ކަމަށާއި ނަމަވެސް އެޗްޕީއޭގެ އެންގުމާ ހިލާފަށް އެ ހުއްދަ ދެވެން ނެތް ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ރިސޯޓުގައި ރޯކޮށްލާނެ ކަމަށް އޭނާ ބުނި މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.
އޭނާގެ ބަންދަށް 15 ދުވަސް ޖަހަން މާފުށީ މެޖިސްޓްރޭޓު ކޯޓުން ވަނީ ނިންމައިފައެވެ. އެގޮތަށް އެ ކޯޓުން ނިންމީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ފަސް ވަނަ މާއްދާގެ (ށ)ގެ ދަށުން ޣައިރު ހާޒިރުގައެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ އެއްވެސް ރިސޯޓެއްގެ މުއައްޒަފަކު ރިސޯޓުން ފޭބުން މަނާކޮށްފަ އެވެ. އަދި އެއްވެސް ބަޔަކަށް ރިސޯޓަށް ދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އެޖެންސީން އަންގައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!