މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަ ކުރަންޖެހޭ ގޮތަށް ސަރުކާރުން ނިންމުމާއިއެކު އެކަމަށް ބޭނުންވާނެ ފެސިލިޓީ ފޯރުކޮށްދިނުމަށް ޓޫރިޒަމް އިންޑަސްޓްރީ އިން ސަރުކާރަށް ވަނީ ބޮޑު އެހީތެރިކަމެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދާއިރާ ގެ 11 ފެސިލިޓީ އެއް ކަރަންޓީނު ބޭނުމަށް މިހާރު ދަނީ ބޭނުން ކުރަމުންކަމަށާއި އެގޮތުން ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖެހިފައިވާ ކަމަށެވެ. އެއީ 1158 ކޮޓަރި ކަމަށް މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވެއެވެ.

Ad
d