ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދުނިޔޭގެ ޑައުން ސިންޑްރޮމް ދުވަސް ފާހަގަ ކޮށްފިއެވެ.

މިއަދާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށްޓަކައި ވާހަކަދައްކައި މުއާމަލާތް ކުރުން މުހިއްމު ދައުރެއް އަދާކުރާ އިރު ޑައުން ސިންޑްރޮމް ހުންނަ ގިނަ ކުދިންނަކީ ވާހަކަ ދެއްކުމަށް އުނދަގޫތަކާ ކުރިމަތިވާ ކުދިންކަމަށެވެ.

Ad
rt

"މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ތިޔަ ބޭފުޅުން ގެއިން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް އަޅުގަނޑުމެން މި ފުރުސަތުގައިވެސް ހަނދާން ކޮށްދެމެވެ." އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

2012 ވަނަ އަހަރުން ފެށިގެން ކޮންމެ މަހެއްގެ މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރެވެނީ ދުނިޔޭގެ ޑައުން ސިންޑްރޮމް ހުންނަ ކުދިންނާމެދު ހޭލުންތެރިކަން އިތުރު ކޮށް އެފަދަ ކުދިންނަށް އެހީވާ ދުވަހެއްގެ ގޮތުގައެވެ.

ކުޅުދުއްފުށި ހޮޓްލައިން: 7606688
ކޮރޯނާ ވައިރަސް ހޮޓްލައިން: 1676