ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް، މިއަދު 16:30 އާއި ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވަނީ މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މި ދުވަސްވަރު ދަތުރުފަތުރުކުރާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، މެޓް އޮފީހުން އަޕްޑޭޓްކުރާ އެންމެ ފަހުގެ ސަމާލުތަކަށް ބެއްލެވުމަކީ މުޙިއްމުކަމެކެވެ.
މެޓް އޮފީހުން މިއަދު ފަތިހުން ފެށިގެން ހެނދުނު 11:00 އަށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!