އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ ބައެއް އިސް ބޭފުޅުން ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެބޭފުޅުންގެ މިޒިޔާރަތަކީ ހދ.އަތޮޅާއި، ހއ.އަތޮޅުގައި އެމްޓީސީސީއިން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވާ ލެއްވުމަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

Ad
d

އެގޮތުން އެމްޓީސީގެ ޓީމުވަނީ ހދ.ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ބައްލަވާލާފައެވެ.

އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު އަދި ތަފާތު ބަނދަރެވެ. 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ބަނދަރެއްގެ އިތުރުން މަސްމާރުކޭޓަކާއި ފެރީ ޓަރމިނަލަކާއި "ފްލޯޓިންގ ޕޮންޓޫން" ނުވަތަ ފެންމަތީގައި ފާލަމެއް ތަރައްޤީކުރާނެއެވެ.

މީގެ އިތުރުން ބަނދަރާއެކު މޫދަށް އެރޭ ސަރަހައްދެއްގެގޮތުގައި ގޮނޑުދޮށެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ މި މަޝްރުޢޫގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.

އޭގެ އިތުރުން އެޓީމުވަނީ ހދ. ހަނިމާދޫގައި އެމްޓީސީއިން ކުރިއަށްގެންދާ ދެ މަޝްރުޢޫއެއްގެ މަސައްކަތް ބައްލަވައިލެއްވުމަށް ހދ. ހަނިމާދޫއަށްވެސް ޒިޔާރަތް ކުރަށްވާފައެވެ.

އެގޮތުން އެކުންފުނިން ކުރިއަށް ގެންދާ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެޓީމުންވަނީ ބައްލަވައިލާފައެވެ.

މި މަސައްކަތުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެމްޓީސީސީން ވިދާޅުވީ މިމަސައްކަތުގެ %38 މިހާރު ނިމިފައިވާކަމަށާ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭ ނިންމާލެވޭނެކަމަށެވެ. ހަނިމާދޫ މަގުހެދުމުގެ މަސައްކަތްތަކާއި އެމްޓީސީސީން ޙަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ.

އެޓީމުންވަނީ ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަށްވެސް ޒިޔާރަތް ކުރައްވާފައެވެ. އެމަސައްކަތް ނިންމަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރެއަށެވެ. އެމްޓީސީސީން މިހާރުދަނީ މިކަމަށް ބޭނުންވާ އީއައިއޭ ރިޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
df

މި މަޝްރުޢުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ 39 ރަށެއްގައި އެކުންފުނީގެ އެކި މަޝްރުޢޫތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އާޒިމް ވިދާޅުވީ މިމަޝްރުޢުތަކުގެ އަގު 2 ބިލިއަން ޑޮލަރަށް އަރާކަމަށާއި، އެމްޓީސީސީގެ އަމާޒަކީ ކުންފުނީގެ ވަޞީލަތްތައް ބޭނުންކޮށްގެން މި މަޝްރުޢޫތައް އަވަހަށް ނިންމުންކަމަށެވެ.