ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، އަލުން ކަރަންޓު ދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށެވެ. އެގޮތުން ކަރަންޓު ކެނޑެން މެދުވެރިވީ ފީޑަރ ކޭބަލެއް ގްރައުންޑުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

Ad
rt

މައްސަލަ ދެނެގަނެ، ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރުމަށްފަހު، މިހާރު ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯ އިން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.