އުރީދޫ މޯލްޑިވްސް (އުރީދޫ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ގުޅިގެން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިމެނޭ ހަވީރަކާއި "މޫވީ ނައިޓް" އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް 3 އަދި 4 ގެ ކައިރީގައި 21 އޯގަސްޓު 2026 ވާ ހުކުރު ދުވަހު އެވެ. މި ހަރަކާތް ކުރިއަށް ދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާއިރު، ދެވަނަ ދަންފަޅީގެ ހަރަކާތްތައް ކުރިއަށް ދާނީ އެ ރޭ 20:00 އިން 22:00 އަށެވެ.

Ad
d

މި އިވެންޓުގެ ތެރެއިން ކުރިއަށްދާ "އުރީދޫ ކިޑްސް އީވްނިން" ގައި ރާއްޖޭގެ މަގުބޫލު ބޮޑުބެރު ގްރޫޕެއް ކަމަށްވާ "ހަބޭސް ބޮޑުބެރު" ގެ ހާއްސަ ލައިވް ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް ދާނީ 21 އޯގަސްޓު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 17:00 އިން ފެށިގެން 18:00 އާ ހަމައަށް ކަމަށެވެ. މި ހަރަކާތް ވެސް ކުރިއަށް ދާނީ އަމާން އުދަރެސް 3 އަދި 4 ކައިރީގައެވެ.

Ad
df

މި ހަރަކާތުގައި ވީހާވެސް ގިނަ ކުދިން ބައިވެރިކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އުރީދޫ އާއި އެފްޑީސީން ވަނީ އާންމުންނަށް ދައުވަތު އަރުވާފައެވެ.